ޢާންމު މަޢުލޫމާތު
ނަންބަރު: D-381 / IUL / 2023/ 85
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 20 ޑިސެންބަރު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްހޯދުން.

ރުއްގަހުގެ ވެރިފަރާތްހޯދުން:

     ތިރީގައި މިދަންނަވާ މަގުތަކުގައި ހުރި ރުއްގަސް ނެގުމަށް ބޭނުންވާތީ، ނެގުމަށް ބޭނުންވާ ރުއްގަހުގައި " ހުދުކުލައިން " ނަންބަރު ޖަހާފައިވާނެއެވެ.

1-    ފާށަނާމަގާއި ބުރުސަރަހައްދާއި ދެމެދު ( 1 ން  48 އަށް)

( ޖޭމްމާގޭ ކުރިމަތިން ރަށްދެބައިމަގުގެ ހުޅަނގުން ހިއްކިބިމާދެމެދު)

2-    ފަންކުރަހާމަގު ( 49 ން 68 އަށް)

( އަލަށްދޫކުރި ގޯތިތަކާއި ރުއްގަނޑާ ދެމެދު)

3-    މާވެޔޮމަގު ( 69 ން 104 އަށް)

(ރަށްދެބައިމަގުގެ ހުޅަނގުން ހިއްކިބިމާދެމެދު)

ވީމާ ދެންނެވިފައިވާ ސަރަހައްދު ތަކުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، އެ ރުއްގަހުގެ ވެރިން 2023 ޑިސެމްބަރ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ސަރަހައްދުގައި ހުރި އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަންގަވައި، ތަންހުސްކުރުމަށް އަންގަމެވެ.

29 ނޮވެންބަރު 2023