ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/127
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 25 ޑިސެންބަރު 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ މިހުންގެ ރިވިއު ފޯމް ހުށަހެޅުމަށް ހުޅުވާލުމާއި ގުޅޭ

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ފޯމް ހުށަހެޅުން އެދެމެވެ. 25 ޑިސެންބަރު 2023 ގެ ކުރިން ފޯމް ހުށަނާޅާފިނަމަ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުން ނަން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ބަލާ ފޯމް ކެނދިކުޅުދޫ ކައުންސިލްގެ ކައުންޓަރުންނާއި ކެނދިކުޅުދޫ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް މިފޯމް ފުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ.

  • ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  • ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  • 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން، 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ އާޢިލާތައް.

 

މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ދެވިވައިވާ މުއްދަތަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" ހުށަހަޅާފައިނުވާނަމަ، ދަފްތަރުން އުނިކުރެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ 25 ޑިސެންބަރު 2023 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން ފޯމް ފުރުއްވާ މިކައުންސިލަށް ހުށަހެޅުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15  ޖުމާދުލްއޫލާ 1445

29  ނޮވެންބަރު  2023

29 ނޮވެންބަރު 2023