ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއިގުޅޭ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ފަރާތްތަކުން "ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމު" ފުރިހަމަކުރުމަށްފަހު، މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
· 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތައް
· 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތައް؛
1. ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
2. ދަފްތަރުގައި ރަޖިސްޓަރީވީފަހުން، ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
3. ދަފްތަރުގައި ރަޖިސްޓަރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތައް.
4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓަރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ އާއިލާތައް.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، 2023 ޑިސެމްބަރ 03 ވާ އާދިއްތަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކުރިން މަތީގައި ދެންނެވިފައިވާ ހާލަތު ދެނެގަންނަ ފޯމު ފުރިހަމަކުރުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. ރިވިއު ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.