ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2023/79
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 25 ޑިސެންބަރު 2023 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ  ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށައެޅުމާއި ގުޅޭ

 

އިޢުލާން

 

 

              

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 25 ޑިސެމްބަރ 2023 ގެ ކުރިން ހުށައެޅުމަށް އަންގަމެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތަށް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" ހުށައެޅުމަށް އަންގަމެވެ.

  1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރއުޅުން ބަދަލުކޮއްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ)

ފަރާތްތަށް.

  1. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަށް.
  2. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރިވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ އާޢިލާތައް.

މަތީގައި ބަޔާންކޮއްފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" ހުށައަޅާފައިނުވާނަމަ، ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

29 ނޮވެންބަރު 2023