މަސައްކަތް
ނަންބަރު: A11C-A/2023/1
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 04 ޑިސެންބަރު 2023 00:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފޮޅާ ސާފްކުރުމުގެ މަސައްކަތް

އިޢުލާން

 

          މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޯޓު އިމާރާތާއި ގޯތިތެރެއާއި މަގުފަޅި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          މިމަސައްކަތް ކުރުމަށް އެދި އަގު ހުށަހެޅޭނީ، ޤާނޫނު ނަމްބަރ 2014/18 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

          މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އަގު ހުށަހަޅާ ފޯމާއި މަޢުލޫމާތު ޝީޓް ރަސްމީ ގަޑިތަކުގައި މިކޯޓުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރެވިފައިވާނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިކޯޓުގެ ނަމްބަރ 6500083 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                             15 ޖުމާދަލްއޫލާ 1445

                             29 ނޮވެމްބަރ 2023

29 ނޮވެންބަރު 2023