ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2023/108
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 28 ޑިސެންބަރު 2023 12:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން.

ކ.ތުލުސްދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން.

 

ކ.ތުލުސްދޫ އިން ދިރިއުޅުމަށް 2000 އަކަފޫޓުގެ  75 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.

 ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ކ.ތުލުސްދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސް ދީ، އެންމެ މަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ.

ކ. ތުލުސްދޫ އިން ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުޠުތައް

ގޯއްޗަށް އެދި ހުށައަޅާ ފަރާތުގައި ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

 (ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.

 (ށ) ގޯތި ދޫކުރުމަށް އިޢުލާން ކުރެވޭ ދުވަހާއި ހަމައަށް މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

 (ނ) ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން ނުވަތަ ލިބިފައި ނެތުން

(ރ((  ރ) ރާއްޖޭގެ އެއްވެސް ތަނަކުން 1000 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަ       ނަމުގައި ރަޖިސްޓްރީވެފައިނެތުން ނުވަތަ ލިބިފައިނެތުން، އަދި 1000 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސް   ިސް ޓަރީވެފައިވާނަމަ ނުވަތަ ލިބިފައިވާނަ މިފަދަ ބައެއް މިއުސޫލާ އެއްގޮތްވާގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން.

 

 

( (ބ) ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެވެ).

 (ޅ) ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ލިބިފައިވާ ފުލެޓެއް ނުވަތަ ރޯ ހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން ނުވަތަ ލިބިފައި ނެތުން، ނުވަތަ މިފަދަ ބެއް ގަތުމަށް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

( (ކ) ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝަރޫއެއްގެ ދަށުން ލިބިފައިވާ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ގޯއްޗެއް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.

 

 

ގޯތިލިބޭގޮތް:

  • ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • ގޯތި ލިބޭ މީހުން ކަނޑައަޅާނީ، ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ދެފަރާތުން އެއްބަސްވެވޭގޮތެއްގެ މަތިން ނުވަތަ ގުރުއަތުލައިގެންނެވެ.

 

   ފޯމް ދޫކުރުން:

ފޯމް ދޫކުރުން

2023  ޑިސެމްބަރ 03 އިން 2023 ޑިސެމްބަރ 28 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން 10:30 ގެ ނިޔަލަށެވެ.

 ތުލުސްދޫ ކައުންސިލް އިދާރާއިން.

ފޯމް ބަލައިގަތުން:

2023 ޑިސެމްބަރ 05 ވަނަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 28 ގެ ނިޔަލަށް ކޮންމެ ރަސްމީދުވަހެއްގެ 10:30 ން 12:30  އަށް ތުލުސްދޫ ޕްރީސްކޫލް އިން.

 

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2023