ވަޒީފާގެ ފުރުޞަތު
ނަންބަރު: N5-SM/2023/04
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 05 ނޮވެންބަރު 2023 12:00
ތ. ގުރައިދޫ ޞިއްޙީ މަރުކަޒު، ތ. ގުރައިދޫ
ދިވެހިރާއްޖެ
އެކައުންޓް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެކައުންޓް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-367484

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.ގުރައިދޫ ޞިއްޙީމަރުކަޒު

މުސާރަ:

-/6295ރ

ސަރވިސް އެލަވަންސް:

2000/-ރ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި މުސާރައިގެ %35
  4. ހަމަޖެހިފައިވާ އުޞޫލުން ރިސްކު އެލަވަންސް
  5. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ(
  6.  އެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ރ-/900 ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުރިއަށް އޮންނަ އަހަރަށް ލަފާ ކުރާ ޞިއްޙީމަރުކަޒުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވުމުގެ ކަންކަން ސްޕަވައިޒަރގެ  އިރުޝާދުގެ ދަށުން ކުރަމުން ގެންދިއުން
  2. އަހަރީ މާލީ ބަޔާން ތައްޔާރު ކުރުމަށް މިނިސްޓްރީއަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށް ދިނުން
  3. ބަޖެޓާއި އެކައުންޓްސްތަކުން ކުރެވޭ ޚަރަދުތައް މޮނިޓަރކޮށް މަންތްލީ ރިޕޯރޓް ތައްޔާރުކުރުން
  4. ބަޖެޓް ޕްލޭންކޮށް ބަޖެޓް އެނަލައިސްއެއް ހަދާ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތަކުގެ ކަންތައް ކުރުމުގައި ސްޕަވައިޒަރަށް އެހީވުން
  5. ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އެއާއި ގުޅުންހުރި ކަންތައްތައް ހިންގައި ބެލެހެއްޓުމުގައި ސްޕަވައިޒަރަށް އެހީވުން
  6. ސެކްޝަންގެ އަހަރީ ޕްލޭން ތައްޔާރުކުރުމާއި އަހަރީ ރިޕޯރޓް ތައްޔާރުކުރުމުގެ މަސައްކަތް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން
  7. މަރުކަޒުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ ކަންތައްތައް ކުރުން
  8. އޮޑިޓް އޮފީހުން ކުރަމުންގެންދާ އޮޑިޓްތަކަށް ބޭނުންވާ މައުލޫމާތު ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ދިނުމުގެ މަސައްކަތްކުރުން
  9. ޕޭމަންޓް ވައުޗަރ ރެޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުން
  10. މަރުކަޒު ބަޖެޓުގެ ވައުޗަރ ރެޖިސްޓްރި މަހުންމަހަށް އަޕްޑޭޓްކޮށް މިނިސްޓްރީ އޮފް ހެލްތަށް ރިޕޯރޓާ އެއްގޮތަށް

   ރިކޮންސައިލްކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުމުގެ ކަންތައް ކުރުން

  1. ޞިއްޙީމަރުކަޒުގެ އެކިއެކި ބޭނުންތަކުގައި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ  ޙަވާލުކުރުމުގައި އެފަދަ ފައިސާގެ ހިސާބްތަކާއި ލިޔުންތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ކުރުން
  2. އެކައުންޓުން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ،ފައިސާ ނުދެއްކި ހުރި ބިލްތައް އެނގޭނެހެން ރަޖިސްޓްރީއެއް ތައްޔާރުކޮށް އެރަޖިސްޓްރީ އަޕްޑޭޓްކުރުން

 13. ޞިއްޙީމަރުކަޒުތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އެންމެހާ ކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ          އެއްގޮތަށް ކުރުން

14. ޞިއްޙީމަރުކަޒުތަކުގެ ފައިސާގެ ކަންތައްތައް ސްޕަވައިޒް ކުރުމުގައި ސްޕަވައިޒަރަށް އެހީވުން

15. ހަވާލުވެގެން ކުރެވޭ މަސައްކަތްތަކުގެ އެންމެހައި ލިޔުންތައް ރައްކާތެރި ކަމާއެކު ބެލެހެއްޓުން

16. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

17. ސެކްޝަންގެ މަސައްކަތަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުން

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ފައިނޭންސް

 

މަޤާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން: ނެތް

 

 

 

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް:

 

  • އެކައުންޓިންގ
  • ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފައިނޭންސް
  • އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ  އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޑިސެމްބަރ 2023 ގެ 12:00 ގެ ކުރިން، ތ.ގުރައިދޫ ޞިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

 

 

 

އިންޓަރވިއު އާއި    އިމްތިޙާން އޮންނާނެ  ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ ، 06 ޑިސެމްބަރ 2023 އާއި 20 ޑިސެމްބަރ 2023 އާ ދެމެދު، ތ.ގުރައިދޫ ޞިއްޙީމަރުކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާއިން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780078 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

29 ނޮވެންބަރު 2023