މަސައްކަތް
ނަންބަރު: IUL/GS107/2023/15
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 07 ޑިސެންބަރު 2023 13:30
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

އިޢުލާން

ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

         2024 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

 ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މި ސުކޫލްގެ އޮފީހަށް ވަޑައިގެން ބިޑުރަޖިސްޓްރީ ކުރުމުގެ ފުރުޞަތު 3 ޑިސެމްބަރ 2023 އިން 7 ޑިސެމްބަރ 2023 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 10:00 އިން 13:30 އަށް ވަނީ ހުޅުވާލެވިފައެވެ.

 

  1. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.

 

 

         މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑު ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 10 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގެ އޮފީހުގައެވެ.

 

އީމެއިލް:[email protected]

 

         15 ޖުމާދަލްއޫލާ 1445    

         29 ނޮވެމްބަރ 2023

29 ނޮވެންބަރު 2023