ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 ނޮވެންބަރު 2023 13:21 ގައި ބާތިލް ކުރެވިފައެވެ.
މިނިސްޓްރީ އޮފް އިސްލާމީކް އެފެއާޒުން އެކުލަވާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއީ، މިސްކީނުންގެ ގޮތުގައި 2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު " 25 ޑިސެމްބަރ 2023 ގެ ކުރިން ހުށަހެޅުމަށް އަންގާ ހަނދާންކޮށްދެމެވެ.
އަދި ދަންނަވަމެވެ. " ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް " 29 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 9.00 ން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 03 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9.00 ން ފެށިގެންނެވެ.
މީގެ އިތުރުން 2023 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ވެސް " ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު " ހުށަހަޅަންވާނެއެވެ.
- ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ރަށް ފިޔަވައި އެހެންރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކުން
- ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން ކާވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ ފަރާތްތައް )
- ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް 2023 ވަނަ އަހަރު ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރުފައިވާ މީހުންނާއި، 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭމީހެއް / މީހުން ހިމެނޭ އާއިލާތައް އަދި މި ތާރީޙްގެ ކުރިން ފޯމުހުށަހަޅުއްވާފައިވާ ނުވާ ފަރާތްތަކުން ދަފުތަރުން އުނިކުރެވޭނެކަން މިނިސްޓްރީ އޮފް އިސްލާމީކް އެފެއާޒގެ ނަންބަރު: C2/CIR/2023/30-142 ސަރކިއުލަރ އިން ވަނީ އަންގަވާފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
15 ޖުމާދަލްއޫލާ 1445
29 ނޮވެމްބަރ 2023