ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/110
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 25 ޑިސެންބަރު 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު 142-C2/CIR/2023/30 ސަރކިއުލަރގައިވާ ގޮތުގެ މަތިން 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރު 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި މިތާރީހުގެ ކުރިން ފޯމު ހުށަހާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށައެޅުން އެދެމެވެ.

 

  1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން، 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ ޢާޢިލާތައް.

 

 މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންވެސް ފޯމު ހުށައަޅާފައި ނުވާނަމަ، ދަފްތަރުން އުނިކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

"ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އެހެން ކަމުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމުތައް ބަލައިގަންނާނީ 3 ޑިސެމްބަރ 2023 ވަނަ ދުވަހުން ފެށިގެން 25 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ނޮވެންބަރު 2023