މަސައްކަތް
ނަންބަރު: (IUL)GS-68-FN/GS-68/2023/31
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 06 ޑިސެންބަރު 2023 14:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

  1. 2024 ޖެނުއަރީ 1 އިން ފެށިގެން 2024 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)GS-68-FN/GS-68/2023/29 ( 21 ނޮވެމްބަރ 2023 ) ނަމްބަރ އިޢުލާނާ ގުޅިގެން ޝަރުތުހަމާވާ އެއްވެސް ފަރާތަކުން ނަންނޯޓްކޮށްފައި ނުވާތީ،  އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ނޮވެމްބަރ 29 ން 2023 ޑިސެމްބަރ 06 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 14:00 ށް މިސްކޫލަށް ވަޑައިގަންނަވައި ނުވަތަ ފޯނުން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

  4- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023  ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

  5- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023  ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލުގައެވެ.

  6- މި މަސައްކަތާއިގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކަށް މިސްކޫލުން ދޫކުރާނެ ވާހަކަ ދަންނަވަމެވެ. 

  7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ނަން: އަލިފުށީ ސްކޫލް

- ފޯން: 6580137

- އީމެއިލް: [email protected]

29 ނޮވެންބަރު 2023