ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/60 |
ތާރީޚް |
15 ޖުމާދިލްޢޫލާ 1445 |
|
29 ނޮވެމްބަރ 2023 |
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި،2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމް ހުށަހެޅުމާ ގުޅޭ:
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 24 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 12:00 ގެކުރިން ހުށަހެޅުމަށް ދަންނަވަމެވެ.އެގޮތުން މިދެންނެވި ތާރީޚުގެ ކުރިން ފޯމްހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.އަދި 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާނަމަ " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްްޓްރީ ވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" ހުށަހެޅުމަށް ދަންނަވަމެވެ.
- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވާ އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓްރީވި ފަހުން ކައިވެނީގެ ޙާލަތައް ބަދަލު އައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ ) ފަރާތްތައް.
- ދަފްތަރުގައި ރަޖިސްޓްރީވި ފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
- 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި،އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭ އާއިލާތައް.
ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމުގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ކައުންސިލަށް ހުށަހެޅުމުންނެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ފޯމް ލިބެން ހުންނާނެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް