މަސައްކަތް
ނަންބަރު: GS-20/IUL/2023/32
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 04 ޑިސެންބަރު 2023 14:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

  1. 01 ޖެނުއަރީ 2024 ން ފެށިގެން 31 ޑިސެމްބަރ 2024ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ނޮވެމްބަރ 29 އިން 2023 ޑިސެމްބަރ 07   އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 10 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
  4. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ސުކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. 
  5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެމްބަރު 18 ވާ ބުދަ ދުވަހުގެ13:00ގައި މި ސުކޫލްގައެވެ.

ހދ. އަތޮޅު މަދަރުސާ

ހދ. ވައިކަރަދޫ، ދިވެހިރާއްޖެ

ފޯން: 6520056

އީ-މެއިލް: [email protected]

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

29 ނޮވެންބަރު 2023