ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/115
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 25 ޑިސެންބަރު 2023 13:30
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 2022 2023ވަނަ އަހަރުގެފަޤީރުންގެ ދަފްތަރާއި ގުޅޭ:

 ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 2021 2022 ވަނަ އަހަރު ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރިވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ފުރާ ހުށަ- ހެޅުމަށް 29 ނޮވެމްބަރ 2023 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައެވެ. ފޯމު ފުރާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13.30 ގެ ނިޔަލަށްށެވެ. އަދި މިތާރީޚުގެ ކުރިން ފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެއެވެ. 

          މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތަށް މެދުވެރިވެފައިވާ ފަރާތްތަކުންވެސް " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސް-ޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅަންވާނެއެވެ.

1.ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވާ އެހެން ރަށަކަށް ދިރިއުޅުން ބަދަލު-ކޮށްފައިވާ ފަރާތްތައް .

2.ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ ފަރާތްތަށް )

3.ދަފްތަރުގައި ރަޖިސްޓްރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަށް.

4.2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ އާޢިލާތައް .

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 ޖުމާދުލްއޫލާ  

29 ނޮވެންބަރު 2023