ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2023/126
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 25 ޑިސެންބަރު 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމް ހުށައެޅުމާއި ގުޅޭ

އިޢުލާން

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމް ހުށައެޅުމާއި ގުޅޭ

 

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، " ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 25 ޑިސެމްބަރގެ 2023 ކުރިން ހުށައެޅުމަށް ދަންނަވަމެވެ. އަދި  2023ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިމިވާ ހާލަތްތަށް މެދުވެރިވެފައިވާ ފަރާތްތަކުންވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" ފުރިހަމަކޮށް 25 ޑިސެމްބަރގެ 2023 ކުރިން ހުށައެޅުމަށް ދަންނަވަމެވެ.

  1. ދަފްތަރުގައި ރަޖިސްޓްރިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރުން
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވުން ( ކައިވެނި ނުވަތަ ވަރިވުން)
  3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަދި 25 ޑިސެމްބަރ ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުންނާއި 65 އަހަރު ފުރޭ މީހެން / މީހުން ހިމެނޭ އާއިލާތައް.
  4. ދަފްތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތައް.

މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން 25 ޑިސެމްބަރ 2023 ގެ ކުރިން މި ދެންނެވި ފޯމް ހުށައަޅަފައި ނުވާނަމަ ދަފްތަރުން އުނިކުރެވޭނެއެވެ.

" ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" 29 ނޮވެމްބަރ 2023 އިން ފެށިގެން ގައްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 03 ޑިސެމްބަރ 2023 ވާ އަދީއްތަ ދުވަހުން ފެށިގެންނެވެ. އަދި ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޙަކީ 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ކަމުގައި ދަންނަވަމެވެ. ފޯމާއި ގުޅިގެން އިތުރު މައުލޫމާތު ސާފްކުރުމަށް ގުއްވާނީ ގައްދޫ ކައުންސިލް އިދާރާގެ ނަންބަރ  6840073 އަކަށެވެ.

          ވީމާ 03 ޑިސެމްބަރ 2023 އިން ފެށިގެން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލިކަން އަންގާ އާންމުކޮށް އިއުލާން ކުރަމެވެ.

                         29 ނޮވެމަބަރ 2023

29 ނޮވެންބަރު 2023