ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2023/84
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 05 ޑިސެންބަރު 2023 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަރވައިޒަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސުޕަރވައިޒަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފުނައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ތ.ފުނައްޑޫ

ޖުމްލަ މުސާރަ:

 11245.50 ރުފިޔާ( އެގާރަހާސް ދުއިސައްތަ ސާޅީސްފަސްރުފިޔާ ފަންސާސް ލާރި)

އިތުރު ޢިނާޔަތްތައް:

 

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނިންމައިފައި ވުން ނުވަތަ ކަމާއިގުޅޭ ދާއިރާއަކުން ސެޓްފިކެޓްލެވެލް ކޯހެއްފުރިހަމަކޮށްފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ، މުވައްޒަފުންގޮވައިގެން އުޅެވޭނެ ހީވާގި ޤާބިލް މީހަކަށްވުން. މަސައްކަތުގެ ދާއިރާއިން ތަޖްރިބާލިބިފައިވާ މީހަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ތ.ފުނައްޑޫގައި ކުރަންހުރި މަސައްކަތްތައް ރާވާ ހިންގާ މުވައްޒަފުންލައްވާ ކުރުވުން.
  • މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން. އަދި މުވައްޒަފުން ބޭނުންވާ ކަންތައްތައް ހެޑް އޮފީހާއި ވާހަކަދައްކައިގެން ކުރިއަށް ގެންދިއުން.
  • ރަށުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމާއި ރަށުތެރެ ސާފްކޮށް ބެލެހެއްޓުން.
  • އެންމެހާ މަސައްކަތްތާއިގުޅޭ ރިޕޯރޓްސް ހެދުމާއި މުވައްޒަފުންގެ ހާޒިރީ އަޕްޑޭޓްކޮށް ބަލަހައްޓައި ޤަވަޢިދުން ހެޑް އޮފީހަށް ފޮނުވުން.
  • ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ލިސްޓްހަދައި ހެޑް އޮފީހުގެ ހުއްދައިގެ ދަށުން ހޯދުން އަދި ޑޮކިއުމަންޓްސްތައް ފައިލްކޮށް ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ މިފްކޯ ހެޑްއޮފީސް މާލޭގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ޖޮބް އެޕްލިކޭޝަން ފޯމް (ފޯމް އިއުލާނާއި އެޓޭޗްކުރެވިފައި ވާނެއެވެ.)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަން އަށް ނުވަތަ

 

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 5 ޑިސެމްބަރ 2023 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ މިފްކޯ ހެޑް އޮފީހުގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932- އެކްސްޓެންޝަން- 300 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ނޮވެންބަރު 2023