މުބާރާތް
ނަންބަރު: (IUL)285/285/2023/67
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 07 ޑިސެންބަރު 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހާއިގުޅިގެން މަސްރޭހެއް ބޭއްވުމާއިބެހޭ

 

އިޢުލާން

މަސްވެރިންގެ ދުވަހާއިގުޅިގެން މަސްރޭހެއް ބޭއްވުމާއިބެހޭ.

     10 ޑިސެންބަރ 2023 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހަކަށް ވާތީ،  މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުން އެ ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމާއި، މި ސިނާޢަތަށް މިރަށުގެ އިތުރު ޒުވާނުން ހޭލުންތެރިކުރުވައި ރަށުގެ މުޖުތަމަޢުގައި އެކަކު އަނެކަކަށް އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި މަސްވެރިންގެ ދުވަހާއި ގުޅިގެން "ހެނބަދޫ މަސްރޭސް 2023"ގެ ނަމުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 ޑިސެންބަރ 2023 ވާ ހޮނިހިރު ދުވަހުއެވެ.

         ވީމާ މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާއިރު ޓީމު ލިސްޓާއި، ޓީމުގެ ނަމާއި އަދި މަހަށް ފުރާ އުޅަނދުގެ ނަން ނޯޓުކުރަންވާނެއެވެ. މަސްރޭހުގެ ގަވާއިދު މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މި މަސްރޭހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ފޯން ނަންބަރ 6560018 ށް ގުޅުއްވުން އެދެމެވެ. ނުވަތަ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަލްފާޟިލް އާދަމް ސަމީރު (ފޯން: 9192820) އަށް ގުޅުއްވުން އެދެމެވެ. މި އިއުލާނާއެކު މަސްރޭހުގެ ޤަވާއިދު އާންމު ކުރެވުނު ވާހަކަ ދަންނަވަމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                  15 ޖުމާދިލް އޫލާ 1445

                                  29 ނޮވެމްބަރ 2023

 

 

 

 

29 ނޮވެންބަރު 2023