ދިވެހިރާއްޖެ
މިއިދާރާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ " ދުވާފަރު ދިރުން " ދޯނިން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 350 ހޯސްޕަވަރގެ އިންޖީނު ސިޓީލާ ނީލަމުގައި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ނޮވެމްބަރ 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރުފަހު 12:00 ގެ ކުރިން އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކުރެއްވުމަށްފަހު ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "350 ހޯސްޕަވަރގެ އިންޖީނުގެ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަން ހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުން އަދި [email protected] މެއިލް ކުރެއްވުމުން ފޯމް ލިބިވަޑައިގަންނަވާނެއެވެ.
ރަސްމީ ކޮންމެ ދުވަހަކު މެންދުރުފަހު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 13:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކް ޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރާތާ ، ރަސްމީ 5 ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި އެތަކެތި ގެންދަވަންވާނެއެވެ. ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި މަޤުބޫލު އުޒުރެއްނެތި ފައިސާ ނުދައްކަފިނަމަ ނީލަން ބާޠިލްކުރުމާއިއެކު އިދާރީގޮތުން ފިޔަވަޅު އެޅޭނެއެވެ.
ނީލަން ފެށޭއަގު: އިންޖީނެއް 250,000.00 (ދެލައްކަ ފަންސާސް ހާސް ރުފިޔާ)
ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: ފަހަރަކު 5000.00 (ފަސް ހާސް ރުފިޔާ)
ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިންޖީނު ބަލާލުމުގެ އިންތިޒާމް 2023 ނޮވެމްބަރ 28 މިއަދުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08.00 ން މެންދުރުފަހު 12:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.
ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14 ޖުމާދަލްއޫލާ 1445
28 ނޮވެމްބަރ 2023