ދެންނެވުން
ނަންބަރު: 60-ADM/2023/328
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި:
28 ޑިސެންބަރު 2023 23:59
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަދަލުވުން.
މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރގެ މަޤާމްގައި ހުންނެވި، އަލްފާޟިލް ޢަބްދުﷲ ސަޢީދު، މއ. ކޮށީގެ ވަނީ 28 ނޮވެމްބަރ 2023 ގައި، މި މަޤާމުން ވަކިކުރައްވާފައިކަމަށާއި މިއަދުން ފެށިގެން މި މަޤާމަށް އަލްފާޟިލް ޝިމާދު އިބްރާހިމް، ހުޅުމާލެ. ފްލެޓްނަންބަރު ޑީ-2-8ސީ، ޢައްޔަންކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގަވާފައިވާތީ، މިއަދު ބޭއްވި މި ކުންފުނީގެ ބޯޑު ޖަލްސާގައި މި ބަދަލު ގެންނަން ވަނީ ނިންމަވާފައެވެ.
ވީމާ، މިކަން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
28 ނޮވެންބަރު 2023