ދިވެހިރާއްޖެ
އިޢުލާން
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫކައުންސިލްއިދާރާގެ އާ އިމާރާތުގެ ދޮރުފޮތި ހަދައިދީ އެތަކެތި ހަރުކުރުމުގެ މަސައްކަތް
ނ.މާޅެންދޫގައި އަލަށް އިމާރާތް ކުރެވިފައިވާ ކައުންސިލް އިދާރާއަށް ބޭނުންވާ ދޮރުފޮތި ހަދައިދީ އެތަކެތި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 04 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.