ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2023/37
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 05 ޑިސެންބަރު 2023 13:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރަސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

ރަށުގެ ޤަބުރަސްތާނު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.   

 

ތަން

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުން

05 ޑިސެންބަރ 2023

އަންގާރަ

13:00

ބިޑު ހުށަހެޅުން

10 ޑިސެންބަރ 2023

އާދީއްތަ

13:00

28 ނޮވެންބަރު 2023