ބީލަން
ނަންބަރު: (IUL)272-ESMS/272/2023/113
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 13 ޑިސެންބަރު 2023 11:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ކައުންސިލްގެ ނަންބަރު (IUL)272-ESMS/272/2023/95 (24 އޮކްޓޫބަރު 2023) އިޢުލާނާގުޅިގެން، ބިޑުގައި ޙުށަހަޅާފައިވާ އަގު ބޮޑުވުމާ ގުޅިގެން، އެ އިޢުލާން ބާޠިލްކޮށް އަލުން މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ނޫމަރާ ކައުންސިލްގެ އައު ޢިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށައަޅާ ފޯމް" މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަން ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. 

 

ބީލަމުގައި ރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ފައިސާ ދެއްކުމަށާއި ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 28 ނޮވެންބަރު 2023 ން ފެށިގެން 05 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 އާއި ދެމެދު، މި އިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/vRGLr3xPqD9RBYvX9

 

މަޢުލޫމާތު ސާފުކުރުން

 ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 06 ޑިސެންބަރު 2023 ވާ (ބުދަ) ދުވަހުގެ 13:00 ގައި، ނޫމަރާ ޕްރީ ސްކޫލް ހޯލުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 12 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި ކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 13 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

28 ނޮވެންބަރު 2023