ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2023/191
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:13
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި، 2023 ވަނައަހަރު ދަފުތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

     މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި، މިސްކީނުންގެ ގޮތުގައި 2021 އަދި 2022 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 25 ޑިސެމްބަރު 2023 ގެ ކުރިން ހުށަހެޅުމަށް އަންގާ ހަނދާންކޮށްދެމެވެ. އަދި މި ތާރީޚްގެ ކުރިން ފޯމުހުށަހަޅުއްވާފައި ނުވާ ފަރާތްތައް ދަފުތަރުން އުނިކުރެވޭނެކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު ގެ ނަންބަރު: 142-C2/CIR/2023/30 ސަރކިއުލަރ އިން ވަނީ އަންގަވާފައެވެ.

     ދަންނަވަމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" 29 ނޮވެމްބަރު 2023 ބުދަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 03 ޑިސެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ންފެށިގެންނެވެ.

     މީގެ އިތުރުން 2023 ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅަންވާނެއެވެ.

  1. ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ރަށް ފިޔަވައި އެހެންރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް
  2. ދަފުތަރުގައި ރަޖިސްޓްރީވީފަހުން ކާވެނީގެ ޙާލަތަށް ބަދަލުއައިސްފައިވާ ( ކައިވެނި ނުވަތަ ވަރިވެފައިވާ ފަރާތްތައް)
  3. ދަފުތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް

2023 ވަނައަހަރު ދަފުތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރު ފުރިފައިވާ މީހުންނާއި، 25 ޑިސެމްބަރު 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭމީހެއް / މީހުން ހިމެނޭ އާއިލާތައް. އަދި މި ތާރީޚްގެ ކުރިން ފޯމުހުށަހަޅުއްވާފައި ނުވާ ފަރާތްތައް ދަފުތަރުން އުނިކުރެވޭނެކަން މިނިސްޓްރީ އޮގް އިސްލާމިކް އެފެއާޒު ގެ ނަންބަރު: 142-C2/CIR/2023/30 ސަރކިއުލަރ އިން ވަނީ އަންގަވާފައެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ނޮވެންބަރު 2023