މަސައްކަތް
ނަންބަރު: GS57/2023/08
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 03 ޑިސެންބަރު 2023 23:59
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ހުޅުދުއްފާރު ސްކޫލް މަލްޓިޕާޕަސް ހޯލުގެ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް - އަލުން އިޢުލާން ކުރުން

  1. ސްކޫލް މަލްޓިޕާޕަސް ހޯލްގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަން 31 އޮކްޓޯބަރ 2023 ގައި ކުރި އިއުލާން (އިއުލާން ނަމްބަރ: GS57/2023/06) އާއި ގުޅިގެން ކުރިމަތިލީ ފަރާތުން ހުށައަޅަފައިވާ އަގު ބޮޑުކަމަށް ފެންނާތީ އާއި އަދި ބިޑު ހުށައަޅާފައިވަނީ އެންމެ ފަރާތެއް ކަމަށްވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
  2. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 ނޮވެމްބަރ 2023ން 03 ޑިސެމްބަރ 2023ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށައެޅޭނީ މި މިފޯމުގައި ރެޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރެޖިސްޓްރީ ފޯމް" ލިންކު:  https://forms.gle/gjKkh4CD8kpFmk997

  1. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 05ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިއުލާނުގެ 8ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުވުން އެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 11ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލުގެ ކޮމްޕިއުޓަރ ލެބް ގައެވެ.
  3. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިއުލާނާއި އެކީ އާންމުކުރެވިފައި ވާނެއެވެ. 
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު

ފޯން:  6580097 / 6580047

އީމެއިލް: [email protected]

ކޮޕީ: [email protected]

28 ނޮވެންބަރު 2023