މަސައްކަތް
ނަންބަރު: (IUL)GS-90-AC/GS-90/2023/2
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި:
03 ނޮވެންބަރު 2023 12:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2024 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެންބަރު 03ވަނަ ދުވަހުގެ 12:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް އަދި ބީލަމާގުޅޭ ލިޔެކިޔުންތައް މެއިލްކޮށްދެވޭނެއެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ. (ބީލަމުގައި ރެޖިސްޓަރ ވާން ޖެހޭ ފޯމުގެ ލިންކް: https://forms.gle/qH81rDe2UYK5fpdU8
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެންބަރު 04 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
- ބިޑު ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 2023 ޑިސެންބަރު 12 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ ލައިބްރަރީ ގައެވެ.
28 ނޮވެންބަރު 2023