އިޢުލާން
|
ތާރީޚް:
|
27 ނޮވެމްބަރ 2027
|
ނަންބަރު:
|
(IUL)401-E/401/2023/59
|
13 ރަބީޢުލްއޫލާ 1445
|
އިޢުލާންގެ ވަނަ:
|
01
|
މަގުތަކާއި ، އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
|
|
މި އިޢުލާންގައި ބަޔާން ކޮށްފައިވާ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް 02 އަހަރުދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް / ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ސާފުކޮށް ބަލަހައްޓަން ޖެހޭ ތަންތަނުގެ މަޢުލޫމާތު
|
ސަރަހައްދު
|
ބޮޑުމިން
|
ހުށަހެޅޭނެ އެންމެ މަތީ އަގު (މަހަކަށް)
|
މެދުއަވަށު ސަހަރާ
|
19,320އފ
|
2،000.00ރ
|
ބަރާސިލް ފުޓްސަލް ދަނޑު
|
7,296އފ
|
1،000.00ރ
|
ސިރާޖުއްދީންމަގު (ދެކުނު)
|
40,860އފ
|
1،500.00ރ
|
ސިރާޖުއްދީންމަގު (އުތުރު)
|
140,000އފ
|
2،500.00ރ
|
ކަތިމަގު (ކުރިގަމު)
|
48,750އފ
|
2،000.00ރ
|
ދޫލައެޅިމަގު (ބަރާސިލް)
|
16،250އފ
|
1،500.00ރ
|
ބޮޑުތަކުރުފާނުމަގު – ޒޯން 1
|
2150ފ
|
7،000.00ރ
|
ބޮޑުތަކުރުފާނުމަގު – ޒޯން 2
|
1700ފ
|
6،000.00ރ
|
ބޮޑުތަކުރުފާނުމަގު – ޒޯން 3
|
1590ފ
|
6،000.00ރ
|
ބޮޑުތަކުރުފާނުމަގު – ޒޯން 5
|
1650ފ
|
4,000.00ރ
|
ބޮޑުތަކުރުފާނުމަގު – ޒޯން 6
|
1820ފ
|
5،000.00ރ
|
ބޮޑުތަކުރުފާނުމަގު – ޒޯން 7
|
2515ފ
|
6،500.00ރ
|
|
ބީލަމުގައި ރަޖިސްޓްރީވުން
|
- ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަންފޮތް ގަންނަ ފަރާތްތަކަށެވެ. ބީލަންފޮތް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
- ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
- § ބީލަމުގައި ރަޖިސްޓަރީ ވުމަށް:https://forms.gle/UCeeKK4Akev7Zz4j9
- ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 04 ޑިސެމްބަރ 2023 (ހޯމަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- މަސައްކަތާބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެމްބަރ 2023 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2023 (އާދީއްތަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|
|
|
|
|