ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2023/536
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 12 ޑިސެންބަރު 2023 12:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރުން – އެންބީސެޕް ރިވިޜަން ކޯޑިނޭޓަރ

ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރުން – އެންބީސެޕް ރިވިޜަން ކޯޑިނޭޓަރ


ޕްރޮޖެކްޓް: އާރލީ އެކްޝަން ސަޕޯޓު ޕްރޮޖެކްޓް ފޯ ދަ ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކް ޕްރޮޖެކްޓް

 

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ ގެ ހިލޭ އެހީގެ ދަށުން މި މިނިސްޓްރީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ "އާރލީ އެކްޝަން ސަޕޯޓް ފޯ ދަ ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކް ޕްރޮޖެކްޓް" ގެ ދަށުން ތިރީގައިވާ ކޮމްޕޮންންޓުތައް ހިމެނެއެވެ.

ކޮމްޕޮނެންޓް 1: ކުންމިންގް-މޮންޓްރިއާލް ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކް އާއި އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާ ކުރުން

ކޮމްޕޮނެންޓް 2: މޮނިޓަރިންގެ ސިސްޓަމްއެއް ޤާއިމްކުރުން

ކޮމްޕޮނެންޓް 3: ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެލައިންމަންޓް

 

މަތީގައި ބަޔާންކޮށްފައިވާ ކޮމްޕޮނެންޓް 1 އަދި 2 ގެ މަސައްކަތް ކުރުމަށް "އެންބީސެޕް ރިވިޜަން ކޯޑިނޭޓަރ" ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިއުލާން ކުރަމެވެ. މިމަސައްކަތުގެ މުއްދަތަކީ 2 އަހަރެވެ އަދި "އެންބީސެޕް ރިވިޜަން ކޯޑިނޭޓަރ" މަސައްކަތް ކުރާނީ "ޕްރޮޖެކްޓް ޑައިރެކްޓަރ" އަދި "ފައިނޭންސް އެންޑް ޕްލިސީ ސްޕެޝަލިސްޓް" އާއި ގުޅިގެންނެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން  12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން؛ ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 06 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، [email protected]  އަށެވެ.  އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

އާރލީ އެކްޝަން ސަޕޯޓް ފޯ ދަ ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކް މަޝްރޫއަށް "އެންބީސެޕް ރިވިޜަން ކޯޑިނޭޓަރ"އެއް ހޯދުމާއި ގުޅޭ

 

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]  ވެބްސައިޓް: www.environment.gov.mv

ކޮޕީ: [email protected]

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

28 ނޮވެންބަރު 2023