ބީލަން
ނަންބަރު: GS07/IUL/2023/012
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 07 ޑިސެންބަރު 2023 09:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!


 

1-      01 ޖެނުއަރީ 2024 ން ފެށިގެން 31 ޑިސެންބަރު 2024ގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

2-      މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2023 ނޮވެންބަރު 28 އިން 2023 ނޮވެންބަރު 30 އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިމަދަރުސާއަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

3-      މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023  ޑިސެންބަރު 3ވާ އާދިއްތަ ދުވަހުގެ  12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

4-      މިބީލަމާ ބެހޭގޮތުން ސުވާލުހުށަހަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 9:00 ގައި މިމަދަރުސާގައެވެ.

 

5-      ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 7 ވާ ބުރާސްފަތި ދުވަހުގެ 9:00  ގައި މިމަދަރުސާގައެވެ.

 

6-      މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

7-      ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 ނ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސޯސަންމަގު

  ނ.ވެލިދޫ، ދިވެހިރާއްޖެ

  ފޯން: 6560019

  އީ-މެއިލް: [email protected]

 

  

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

  13 ޖުމާދިލްއޫލާ 1445

27 ނޮވެންބަރު 2023

27 ނޮވެންބަރު 2023