މަސައްކަތް
ނަންބަރު: GS196/IUL/2023/011
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:08
ސުންގަޑި: 04 ޑިސެންބަރު 2023 12:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ސޭފްރޫމް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ސޭފްރޫމެއް އެޅުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ނޮވެމްބަރ 2023 އިން 30 ނޮވެމްބަރ 2023 އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓާ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 04 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގައި 12:00 ގައި މިސްކޫލްގެ އޮފީހުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކޮނޑޭ ސުކޫލް

ގއ.ކޮނޑޭ

ފޯނު ނަމްބަރ: 9997547

އީ-މެއިލް: [email protected]

27 ނޮވެންބަރު 2023