ބީލަން
ނަންބަރު: (IUL)396-A/2023/63
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 06 ޑިސެންބަރު 2023 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

            ލ.ދަނބިދޫ ކައުންސިލް ގެ ފަރާތުން ދަނބިދޫގައި އުފެދޭ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2023 ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީ ސްލިޕް ފުރުއްވާ މިކައުންސިލުގެ އީ މެއިލް ([email protected]) އަށް ފޮނުއްވުންއެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި ރަޖިސްޓްރޭޝަން ސްލިޕްއާއިއެކު ބީލަމުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/150 ރުފިޔާ މި ކައުންސިލްގެ އެކައުންޓަށް ޖަމާކޮށް، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މިކައުންސިލަށް މެއިލް ކުރަންވާނެއެވެ.

 

އެކައުންޓް ނަން:  1447REVENUE 1

އެކައުންޓް ނަންބަރު:001-700475-7707

ތަފްސީލު

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީކުރުން

30 ނޮވެމްބަރ 2023 (ބުރާސްފަތި)

11:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

6 ޑިސެމްބަރ 2023 (ބުދަ)

13:00 ގައި

ލ.ދަނބިދޫ ކައުންސިލްގެ އިދާރާ

  

 

         މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރިނުވެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. (އިދާރީ ކަންކަމުގައި ގުޅުއްވާނީ 6800867 އަދި ޓެކްނިކަލް ކަންކަމުގަ ގުޅުއްވާނީ 6800872).

           ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ނޮވެންބަރު 2023