މަސައްކަތް
ނަންބަރު: (IUL) 138-IMS2/1/2015/62
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 31 މާރިޗު 2015 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންސަލްޓެންސީދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭނުމަކަށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އިމާރާތް މަރާމާތުކުރުމުގެ މަސައްކަތަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޓާރމް އޮފް ރިފަރެންސް (ޓީ.އޯ.އާރު) ހޯއްދެވުމަށް 26 – 19 މާރިޗު 2015 އާ ދެމެދު [email protected] މެއިލް ކޮށްދެއްވުން އެދެމެވެ. އަގު ހުށަހެޅުން އޮންނާނީ 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގައެވެ.

26 މާރިޗު 2015ގެ ނިޔަލަށް މެއިލް ނުކުރައްވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި މަސައްކަތަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަކީ މިނިސްޓްރީގެ "ގައިޑްލައިންސް ފޯރ ކޮންސަލްޓެންޓް ރަޖިސްޓްރޭޝަން" ގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކުން އަގު ހުށަހެޅުމުގެ ކުރިން މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ މި އޮފީހުގެ ނަންބަރު 3004143 އާ ގުޅައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015