ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2023/86
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 06 ޑިސެންބަރު 2023 00:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއްލަދޫ ކައުންސިލްގެ ދޮންއުމަރު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

       ނަމްބަރ(IUL)252/252/2023/86 

 

އިޢުލާން

 

ފިއްލަދޫ ކައުންސިލް ދޮންއުމަރު އެވޯޑް  ނަމުގައި ރަށު ރަށްވެހީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް މިއަހަރުން ( 2023 ވަނަ އަހަރުން )  ފެށިގެން  ދިނުމަށް ވަނީ ނިންމަވާފައެވެ. މިފަދަ އެވޯޑެއް ދިނުމުގެ މަޤްޞަދަކީ  ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ފިއްލަދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ފިއްލަދޫއަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރީންގެ އަގު ވަޒަން ކުރުމެވެ.  ދުނިޔޭގެ ފެންވަރާއި، ޤައުމީ އަދި އަތޮޅާއި ރަށު ފެންވަރުގައި، ރީތިނަމާ ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، ފިއްލަދޫގެ ކުރިއެރުމާ ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާއި، ޚިދުމަތްތެރީން އަދި ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ.

 

ފިއްލަދޫ ކައުންސިލްގެ ދޮންއުމަރު އެވޯރޑް ދިނުމަށް މިއަހަރު ކަނޑައަޅާފައިވާ ދާއިރާތަކަކީ؛

  • ޝަރަފުވެރި ކަމުގެ އެވޯރޑް
  • މަތީ ދަރަޖަ އެވޯރޑް
  • ހިތްވަރު ދިނުމުގެ އެވޯރޑް
  • ޚާއްސަ ޚިދުމަތުގެ އެވޯރޑް
  • ލައިފް ޓައިމް އެޗީވް މަންޓް އެވޯރޑް

 

ވީމާ، ފާހަގަކޮށްފައިވާ ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފިއްލަދޫ ކައުންސިލް ދޮންއުމަރު އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ފިއްލަދޫ ކައުންސިލް އިދާރާއިން ދޫކުރާ އެވޯރޑަށް ކުރިމަތި ލުމަށް އެދޭ ޕޯމް  ފުރިހަމަ  ކުރެއްވުމަށްފަހު 06 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނަން ހުށަހެޅުމުގެ އިތުރުން އެހެން ފަރާތެއް މެދުވެރިކޮށް ވެސް ނަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މިޢިއުލާނާއެކު އާއްމުކުރެވިފައިވާ ލިންކް މެދުވެރިކޮށް މިއެވޯޑު ދިނުމުގެ އުޞޫލާއި އެވޯޑަށް ހުށަހެޅުމުގެ ފޯމް ލިބެންހުންނާނެއެވެ. 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

27 ނޮވެންބަރު 2023