ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)I10MHC/INDIV/2023/15
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 03 ޑިސެންބަރު 2023 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ޞިއްޙި މަރުކަޒު
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ސްޕެޝިލިސްޓް ޑޮކްޓަރުންގެ މަޤާމްތަކަށް ދިވެހިން ހޯދުމަށް

NO: (IUL)I10MHC/INDIV/2023/15

އދ. މާމިގިލީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ސްޕެޝިލިސްޓް ޑޮކްޓަރުންގެ މަޤާމްތަކަށް ދިވެހިން ހޯދުމަށް ބޭނުންވެއެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

އިޢުލާން

އެސޯސިއޭޓް / ކޮންސަލްޓެންޓް / ކޮންސަލްޓެންޓް ސަބް – ސްޕެޝަލިސްޓް އިން

އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ޕީޑިއަޓްރިކްސް

މަޤާމް:

J-347956 – ގައިނަކޮލޮޖިސްޓް

J-347958 – ޕީޑިއަޓްރިކްސް

މަޤާމުގެ ނަންބަރު:

  1. ގައިނަކޮލޮޖިސްޓް 1 (އެކެއް) – އދ. މާމިގިލި ޞިއްޙީމަރުކަޒު
  2. ޕީޑިއަޓްރިކްސް 1 (އެކެއް) – އދ. މާމިގިލި ޞިއްޙީމަރުކަޒު

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

މަޤާމުގެ ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް ޔުނިޓް

ސެކްޝަން  / ޔުނިޓް

އދ. މާމިގިލީ ޞިއްޙީމަރުކަޒު

މަޤާމް އޮތް އޮފީސް:

އދ. މާމިގިލީ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަރވިސް އެލަވަންސް މަހަކަށް (ރުފިޔާ)

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

އަސާސީ ޝަރުތު

ސިވިލްސަރވިސްގެ ރޭންކް

ތަޢުލީމާއި ތަޖްރިބާ

12750.00

44670.00

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން  ޑީ.އެމް ނުވަތަ ޑީ.އެމް އާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސަބް-ސްޕެޝަލިސްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން

CS16-1

(ތަޢުލީމާއި ތަޖްރިބާ) ކޮންސަލްޓެންޓް އިން ސަބް - ސްޕެޝަލިސްޓް

12750.00

47000.00

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-5 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS17-6

(ތަޢުލީމާއި ތަޖްރިބާ) ސީނިއަރ ކޮންސަލްޓެންޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

12750.00

45400.00

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS17-5

12750.00

43810.00

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS17-4

12750.00

40620.00

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS17-3

12750.00

39030.00

ކޮންސަލްޓަންޓް، ސީއެސް 15-5 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS17-2

12750.00

37400.00

ކޮންސަލްޓަންޓް، ސީއެސް 15-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS15-5

(ތަޢުލީމާއި ތަޖްރިބާ) ކޮންސަލްޓެންޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

12750.00

35810.00

ކޮންސަލްޓަންޓް، ސީއެސް 15-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS15-4

12750.00

34210.00

ކޮންސަލްޓަންޓް، ސީއެސް 15-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS15-3

12750.00

32590.00

ކޮންސަލްޓަންޓް، ސީއެސް 15-1 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS15-2

12750.00

30990.00

މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/ އެމް.ޑީ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

 ނުވަތަ

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.ޑީ އާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

CS15-1

12750.00

29540.00

  1.  -1މެޑިކަލް އޮފިސަރ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް. ޑީ ނުވަތަ އެމް.ޑީ އާއި އެއްފެންވަރުގެ ޑިގްރީއެއް ކްލިނިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ،

2. އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-3 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS13-4

(ތަޢުލީމާއި ތަޖްރިބާ) އެސޯސިއޭޓް ސްޕްޝަލިސްޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

12750.00

28120.00

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-2 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS13-3

12750.00

26670.00

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-1 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

CS13-2

12750.00

25260.00

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާއަކާ އެއްފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން

CS13-1

1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

އެހެނިހެން އެލަވަންސް:

  • އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ޕީޑިއަޓްރިކްސް

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ޕީޑިއަޓްރިކްސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  2.  ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.
  3.  ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް  ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެނައުން.
  4. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ބޭހަށް އެދި އެނެސްތީސިއާއަށާއި ނަފްސާނީ ފަރުވާއާއި  ރިހެބިލިޓޭޝަން އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތު ބަދަލުވާގޮތް މޮނިޓަރކުރުން.
  5. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ އާއްމު އަދި ޚާއްސަ އޮޕަރޭޝަންތައް ކުރުން.
  6. މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވާ ނުރައްކާތެރި ހާލަތްތަކަށް ފަރުވާދިނުން.
  7. ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
  8. ގާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގެ އެހީތެރިވުން.
  9. އެކިއެކި ޚާއްސަ ބަލިތަކުނެ ރައްކާތެރިވެ ދުޅަހެޔޮކަންމަތީގައި ހުރުމަށާއި އެފަދަ ބަލިތަކަށް ކުރަންޖެހޭ ފަރުވާއާއި ސަމާލުކަންދޭންޖެހޭ ކަންތައްތައް ބަލިމީހާއަށާއި އާއިލާތަކަށާއި މުޖްތަމައުއަށް އޮޅުންފިލުވައިދިނުން.
  10. މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުން.
  11. އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން.
  12. އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި އާއްމުން ހޭލުންތެރި ކުރުމަށާ ތައްޔާރުކުރާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  13. ސިއްހީ ޚިދުމަތުގެ ނިޒާމް ބައްޓަން ކުރުމާއި އިތުރަށް ތަރައްގީ ކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން
  14. އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
  15. ގާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި މެޑިކަލް ޕޮރްފެޝަނަލެއްގެ ހައިސިއްޔަތުން ބައިވެރިވެ، ސިއްހީ ޚިދުމަތުގައި ހިމެނޭ ފަންނީ ކޮމިޓީތަކާއި ބޯޑުތަކާއި، ސިއްހީ ޚިދުމަތުގެ ފަންނުވެރިން ރެގިއުލޭޓްކުރާ ބޯޑުތަކާއި ކައުންސިލްތަކުގައި ބައިވެރިވެ ލަފާދިނުން.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • 1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި އދ.އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ).
  • 2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • 3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އދ. މާމިގިލި ޞިއްޙީމަރުކަޒަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 5 ޑިސެމްބަރ 2023 އިން 27 ޑިސެމްބަރ 2023 އާއި ދެމެދު އދ. މާމިގިލީ ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6680872 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

27 ނޮވެންބަރު 2023