ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)343-AS343/2023/98
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 05 ޑިސެންބަރު 2023 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް 1.5ޓަނުގެ އޮޓޯގިޔަރ ޕަވަރގޭޓް ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

އަރިއަތޮޅު ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް 1.5ޓަނުގެ އޮޓޯގިޔަރ ޕަވަރގޭޓް ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

            މިއިދާރާގެ ނަމްބަރ IUL-343/343/2023/92 (09 ނޮވެމްބަރ 2023 ) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޝަތު ހުޅުވާލަމެވެ.

މިއިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓާއިއެއްގޮތްވާގޮތުގެ މަތިން، ޕިކަޕެއް ގަނެ، މިކައުންސިލް އިދާރާއަށް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެންބަރ 05 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށްޓަކައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު ބަދަލުގައި ފޮނުއްވާފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރ ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންޖެހޭނެއެވެ.

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

            27 ނޮވެމްބަރ 2023

27 ނޮވެންބަރު 2023