ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ ރައްކާތެރި ކޮޓަރި ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
މިޢިއުލާނާއި އެކު ދެވިފައިވާ ކުރެހުމާއި އެއްގޮތަށް މިސްކޫލުގައި އިމްތިހާނު ޕޭޕަރުތައް ރައްކާތެރިކުރާ ކޮޓަރި އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުރާ ސްކޫލް
ކ.ހުރާ
ފޯން : 6640177
އީމެއިލް: [email protected]