ޢާންމު މަޢުލޫމާތު
ނަންބަރު: 200-VTR/IU/2015/02
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ގެޒެޓް ކުރުމާގުޅޭ

2015 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015 ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުމާގުޅިގެން، ކުރިން ޢަމަލުކުރަމުންދިޔަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2010 އާއި އެގަވާއިދަށް ގެނެވުނު އިޞްލާޙުތައް ބާޠިލްކުރެވިފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު 2015، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓް www.employmenttribunal.gov.mv އާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.  

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015