ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2023/284
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 03 ޑިސެންބަރު 2023 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ (އީ.އެކްސް.1) ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން (ކ. މާލެ)

މަޤާމް :Director
ބޭނުންވާ އަދަދު :1

އިޢުލާނު 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-346656

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ / އެގްޒެކެޓިވް/ މެނޭޖަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

(ނޭޝަނަލް ޑްރަގް އޭޖެންސީ، ކ.މާލެ / ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން)

މުސާރަ:

މަހަކު -/8835ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހެލްތް އެލަވަންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (-/100 ރުފިޔާ ވަޒީފާއަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް)
  3.  ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1100 ރުފިޔާ 
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ތަންތަނުގެ ޢިމާރާތްތައް ބެލެހެއްޓުމާއި، ބަޖެޓް ލިބޭމިންވަރަކުން އެތަންތަނުގެ މަރާމާތުތައް ކުރެވޭނެ އިންތިޒާމްތައްރާވާ ހިންގާ ބެލެހެއްޓުން އަދި ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުން.
  2. ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ބިންބިމާއި، ލޭންޑް ސްކޭޕިންއާއި އިމާރާތްތަކާއި، ވެހިކަލްތަކާއި ރަޖިސްޓްރީތަކާއި ހަރުމުދަލުގެ އިންވެންޓްރީ އަދި ސްޓޮކް މާލިއްޔަތުގެ ގަވާޢިދާއެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމްރާވާ ހިންގާ އަހަރަކު ދެ ފަހަރު އިންވެންޓްރީ، ސްޓޮކް ބަލާ ޗެކްކޮށް ސަމަރީ ރިޕޯޓެއް އެކުލަވާލާ ސުޕަވައިޒަރަށް ހުށަހެޅުން. އަދި މިކަންކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ކުރުވާ ބެލެހެއްޓުން.
  3. ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރ އިންދޭ ޚިދުމަތް ސިވިލްސާވިސް ރީފޯމް މެނުއަލްގައިވާ މިންގަނޑަށް ދިނުމުގެ އިންތިޒާމް ކޮށް އެޚިދުމަތް ދެވޭމިންގަޑުތައް މޮނިޓަރކޮށް ޚިދުމަތްދެމުން ގެންދިއުން.
  4. ނޭޝަނަލް ޑްރަގް އޭޖެންސީ އިން ސެންޓަރުތަކަށް ފޮނުވަންޖެހޭ ތަކެތި ޤަވާއިދާ އެއްގޮތަށް ފޮނުވޭނެ އިންތިޒާމްކޮށް އެކަންހިންގާ ބެލެހެއްޓުން.
  5. ނޭޝަނަލް ޑްރަގް އޭޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ތަންތަނުން އައުޓްސޯސް ކޮށްގެން ހޯދަމުންދާ ޚިދުމަތްތަކާއި ކޮންޓްރެކްޓް އުސޫލުން ކުރެވޭ މަސައްކަތްތައް ތަންފީޒުކުރުމާއި ބެލެހެއްޓުން. އަދި އެމަސައްކަތްތައްހިގަމުންދާއިރު ދިމާވާ މައްސަލަތައް ހައްލުކޮށް ފިޔަވަޅުއަޅަންޖެހޭ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.
  6. ރަސްމީ ދުވަސްތަކާއި ނުރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ޖަލްސާ ، ވޯރކްޝޮޕް އަދި ސެމިނަރތަކަށް ސެކްޝަންތަކުން އެދޭ އެޑްމިންއާއި ގުޅުންހުރި މަސައްކަތްތަކުގެ އިންތިޒާމް ރާވާ ހިންގުން.
  7. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދުވަހުގެ ޔައުމިއްޔާ ލިޔެބެލެހެއްޓޭނެ އިންތިޒާމްރޭވުމާއި، އަހަރީ ރިޕޯޓް ނިންމަންޖެހޭ ދުވަހަށް ނިންމާ ރިޕޯޓް ފޮނުވުމާއި ކުރިޔަތްއޮތް އަހަރުގެ އެޑްމިންއާއގުޅޭ ހުރިހާ ދާއިރާއެއެއްގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަންއިން ކަނޑައަޅާ ތާރީޚަކަށް ފޮނުވުން.
  8. ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މިއެޖެންސީގެދަށުން ހިގަމުންދާ ތަންތަނަށް ބޭނުންވާ ޔުޓިލިޓީގެ ޚިދުމަތްތައް މެދުނުކެޑި ރައްކާތެރިކަމާއެކު ލިބޭނެގޮތުގެ އިންތިޒާމް ހަމަޖައްސާ އެމަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުވުން.
  9. ނޭޝަނަލް ޑްރަގް އޭޖެންސީއިންކުރާ ކަނޑުދަތުރުތަކާއި އަދި އެއްގަމުދަތުރުތަކާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ ކަންކަން ކުރެވޭނެ އިންތިޒާމްތައްރާވާ ހިންގާ އެމަސައްކަތް ވިލަރެސްކުރުން. 
  10. ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ސުޕަވައިޒުކުރުމުގެ މަސައްކަތްތަކާއި، ޕާފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތްކުރުން.
  11. ނޭޝަނަލް ޑްރަގް އޭޖެންސީގެ އެޑްމިނިސްޓްރޭޝަން ސެކްޝަންގެ ދަށުން ހިނގަމުންދާ ޔުނިޓްތަކުގެ އެންމެހާ މަސައްކަތްތައް ހިންގޭނެ އިންތިޒާމްތައްރާވާ އެޔުނިޓްތަކުގެ މަސައްކަތްތައް ވިލަރެސް ކުރަމުން ގެންދިއުން.
  12. އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގައި ނީލަން ކިޔަން ހުންނަ ހަރުމުދަލާ އެހެނިހެން ތަކެތި ނީލަން ޕޯޓަލް މެދުވެރިކޮށް މާލިއްޔަތު ގަވާއިދާ، މިނިސްޓްޜީ އޮފް ފިނޭންސްގެ ސަރކިއުލަރތަކާއި އެއްގޮތަށް ނީލަން ކިއުމުގެ  އެންމެހާ މަސައްކަތްތައްކޮށް ނީލަން ކިޔައިގެން ލިބޭ ފައިސާ ސަރުކާރުގެ މާލީ އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތްކުރުން.
  13. ނޭޝަނަލް ޑްރަގް އޭޖެންސީއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ތަރައްޤީކޮށް އެޚިދުމަތް މެދުނުކެޑި ދެވޭނެ ގޮތަކަށް އެމަސައްކަތް ހިންގާ ބެލެހެއްޓުން.
  14. ނޭޝަނަލް ޑްރަގް އޭޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކަށް އެޑްމިން މެދުވެރިކޮށް ހޯދޭ ތަކެއްޗާއި ޙިދުމަތުގެ ޑެލިވަރީ ނޯޓްތަކުގައި ސޮއިކުރުމާއި ސުޕަވައިޒަރުގެ ރިޕޯޓް، މަސައްކަތް ނިންމިކަމުގެ ލިޔުންތައް ތައްޔާރުކޮށް ވިލް ދެއްކުމަށް ޕްރޮކިއުމެންޓް ސެކްޝަނާއި ހަވާލުކޮށް ބިލަށް ފައިސާ ދެއްކުނުކަން ކަށަވަރުކުރުން.
  15. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކ،ު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކ،ު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގަ އި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  

ޕްރިފަރޑް ޑިސިޕްލިންތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 03 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން [email protected]އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނީ 06 ޑިސެންބަރު 2023(ބުދަ) ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                      13 ޖުމާދަލްއޫލާ 1445

                                      27 ނޮވެންބަރު 2023

 

27 ނޮވެންބަރު 2023