ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/106
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 30 ނޮވެންބަރު 2023 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގެ ވެލިކުޅޭސަރަހައްދަށް ދޮންވެލި އަޅާދޭނެ ފަރާތެއްހޯދުން

މި ކައުންސިލްގެ ފަރާތުން ހިންގަމުންގެންދާ މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގެ ވެލި ކުޅޭ ސަރަހައްދަށް ދޮންވެލި އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވިމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކުރިން މަސައްކަތުގެ އަގު (ކޮޓޭޝަން ނުވަތަ އަގު ހުށަޅާފޯމު) ހުށަހެޅުއްވުން އެދެމެވެ.

 ކޮޓޭޝަން/އަގުހުޝަހަޅާފޯމާއެކު އަގުހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މަސައްކަތް ނިންމޭނެ މުއްދަތު ކޮޓޭޝަންގައި ހިމަނަންވާނެއެވެ. މަސައްކަތާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2023