ދިވެހިރާއްޖެ
ކޮންސަލްޓަންސީގެ ފުރުޞަތު
މި މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެމަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާ ކުރި ނަންބަރު:IUL)25-A5/1/2015/4) (ތާރީޚު:12 ފެބުރުވަރީ 2015) އިޢުލާނަށް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެމަޤާމަށް ކުރިމަތި ލެއްވުމުގެ މުއްދަތު 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށް އިތުރު ކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
މުސާރަ: -/15,000 - -/20,000 ރުފިޔާ |
ނަން: ކޮންސަލްޓަންޓް |
|
ބޭނުންވާ އަދަދު: 1 |
މުއްދަތު: ތިން (3) މަސް ދުވަސް |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
މިމަސައްކަތްތައް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމުގެ އިތުރުން: މަޤާމުގެ މަސައްކަތާއިގުޅޭ (މެނޭޖްމެންޓް /އެޑްމިނިސްޓްރޭޝަން /ހިއުމަން ރިސޯސް) ފަދަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މިފަދަ މަސައްކަތެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)
|
|
ވީމާ، މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ، އަސްލާ އެއްގޮތްކަމަށް އެޓެސްޓް ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. |
25 ޖުމާދަލްއޫލާ 1436