ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ
މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2015/02)ފ(26 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ތިރީގައިމިވާ 3 މާއްދާއަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ އަލުން އެމަސައްކަތްތަކަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 މާރިޗު 2015 ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:
| 
 
  | 
 ކޯސް  | 
 މާއްދާ  | 
| 
 1  | 
 ބެޗެލަރ އޮފް ޓީޗިންގ އިސްލާމް  | 
 ޤުރްއާން -3  | 
| 
 ފިޤްހު އޮފް ވޯޝިޕް - 2 (އަޅުކަމުގެ ފިޤްހު)  | 
||
| 
 2  | 
 ބެޗެލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ  | 
 ފިޒިކަލް އެޑިޔުކޭޝަން  | 
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސްގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޖުމާދަލްއޫލާ 1436