އިންޝުއަރެންސް
                	
                ނަންބަރު: 171-M(F2/IUL/2023/392
                    ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
                    ޕަބްލިޝްކުރި ގަޑި:  10:26
                                            ސުންގަޑި: 
                            06 ޑިސެންބަރު 2023 12:00
                        
                    
                ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުން ކުރާ އެންމެހައި ކަނޑުއުޅަނދުފަހަރު އިންޝުއަރ ކުރުމަށް
                                | 
 ޕްރޮޖެކްޓް ނަންބަރު  | 
 PC-171/2023/W467  | 
 އިޢުލާން ނަންބަރު  | 
 171-M(F2)/IUL/2023/392  | 
.ބީލަން ހުށަހެޅުމުގެ ދަޢުވަތު.
- ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުން ކުރާ އެންމެހައި ކަނޑުއުޅަނދުފަހަރު އިންޝުއަރ ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
 - ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
 - ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ޑިސެމްބަރ 06 ވަނަ ދުވަހުގެ 12:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
 - މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
 - ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 07 ވަނަ ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
 - ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
 - ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 ޑިސެމްބަރ 07 ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
- ޕްރޮކިއުމަންޓް
 - ދިވެހި ފުލުހުންގެ ޚިދުމަތް
 - އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
 - ފޯން: 9790052
 - އީ-މެއިލް: [email protected]
 - ކޮޕީ: [email protected]
 
                27 ނޮވެންބަރު 2023