ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)317-PP/AD/2023/96
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 07 ޑިސެންބަރު 2023 00:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނު ކައުންސިލްގެ އިދާރާއަށް ސައުންޑް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބ. ދޮންފަނު ކައުންސިލްގެ އިދާރާއަށް ސައުންޑް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން 03 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެޖިސްޓްރޭޝަން ޝީޓް ހުށަހަޅާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި ކައުންސިލްގެ އިދާރާގައެވެ. މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 03 ޑިސެމްބަރ 2023 ވާ  އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

27 ނޮވެންބަރު 2023