ބީލަން
ނަންބަރު: (IUL)GS-59-B/INDIV/2023/27
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 30 ނޮވެންބަރު 2023 13:30
ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ފުނަދޫ ސްކޫލް

   ށ.ފުނަދޫ

      ދިވެހިރާއްޖެ                                   ނަންބަރު: (IUL)GS-59-B/INDIV/2023/27

އިޢުލާން

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

    01 ޖެނުއަރީ 2024 ން ފެށިގެން 31 ޑިސެންބަރ 2024 ގެ ނިޔަލަށް  މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް     ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ނޮވެމްބަރ 27 ން 2023 ނޮވެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

   މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2023 ޑިސެމްބަރ 04 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް  ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި  ބަދަލުގައި  ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 10 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ.  ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ  ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.

ފޯން:     6540540 އީމެއިލް: [email protected]

13 ޖުމާދަލްއޫލާ 1445

27 ނޮވެމްބަރ 2023

27 ނޮވެންބަރު 2023