މަސައްކަތް
ނަންބަރު: K5C/2015/07
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 19 މާރިޗު 2015 12:00
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަށާފާރު ރޭނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން.

މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މ.ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކޯޓަށް ނުވަތަ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކޯޓަށް ނުވަތަ މ. ރަތްމަންދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

 21 ޖުމާދަލްއޫލާ 1436 

12 މާރިޗު 2015