ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/114
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 30 ނޮވެންބަރު 2023 10:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމާއި ބެހޭ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ސިލްސިލާކޮށް އަތޮޅު ފެންވަރުގައި ފާހަގަކުރަމުންގެންދާ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ހއ.އަތޮޅު އެންމެ ޒުވާން މަސްވެރިޔާ، އެންމެ ދުވަސްވީ ކެޔޮޅު އަދި މަސްވެރިކަމުގައި އުޅުއްވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލުން ޙާއްޞަ އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ.އަތޮޅުގެ މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 2023 ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވައި މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މަސްވެރިންގެ ދުވަހުގެ އެވޯޑާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް 6500116 އަދި 6500343 ނަންބަރާއި ގުޅުއްވުން އެދެމެވެ.

"މަސްވެރިންގެ ދުވަހުގެ އެވޯޑް 2023" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ހއ.އަތޮޅުގެ އެންމެ ޒުވާން މަސްވެރިޔާ އެވޯޑް
  • ހއ.އަތޮޅުގެ އެންމެ ދުވަސްވީ ކެޔޮޅު އެވޯޑް
  • ހއ.އަތޮޅުގައި މަސްވެރިކަމުގައި އުޅުއްވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތަށްދޭ އެވޯޑް

                        

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2023