ދިވެހިރާއްޖެ
ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީއާއި އައިފާސް ޑްރީމް ގުޅިގެން މިރަށުގައި ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް މި ކައުންސިލުން ކުރި އިއުލާން ނަންބަރު (IUL)257/257/2023/108 އާއި ހަވާލާދީ ދަންނަވަމެވެ.
ދެންނެވުނު ކޯހުގައި އިތުރު ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ އިތުރު ކުރެވިފައެވެ. އެގޮތުން 10 ޑިސެމްބަރ 2023 ވަނަ ދުވަހާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާ ލެވިފައެވެ. އަދި ކޯސް ފެށުމަށްފަހުވެސް ބައިވެރިވާން ބޭނުންވާ ބޭފުޅުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާ ލެވިފައެވެ.
ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާ އަށް ދުރުވެ ފޯމް ނެންގެވުމަށްފަހު ، ފޯމް ފުރިހަމަކޮށް 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން ފޯމް ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.