ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)382/382/2015/16
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 24 މާރިޗު 2015 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުސަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ. އެސް. 3

ރޭންކް:

އޮފިސަރ ގްރޭޑް 1  

ކްލެސިފިކޭޝަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ ޢަދަދު:

- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިންތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

- އެކިފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދައްކަވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުގެމަތިން ބަލައިގަތުން.

- ކައުންސިލްގެ އިދާރާއަށް ނުވަތަ ރައްޔިތުންގެ ޢިމާރާތަކަށް އަމިއްލަ ފަރާތްތަކުން ދޭ އެހީގެ ތަކެތި، ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ބަލައިގަތުމާއި، އެފަދަ ތަކެއްޗާއި އެހީތަކުގެ ރިކޯޑުތައް ބެލެހެއްޓުން.

- ކައުންސިލްގެ އިދާރާއަށް ދައްކާ ފައިސާ ބަލައިގަނެ ރަސީދު ލިޔެ ދޫކުރުމާއި، އެ ފައިސާ ފޮތްތަކުގައި ލިޔެ ތިޖޫރީއާއި ހަވާލުވެ ހުންނަ މުވައްޒަފު ތިޖޫރީއަށް ވެއްދުމަށް ހަވާލުކުރުން.

- ދައުލަތުގެ އާމްދަނީގެގޮތުގައި ލިބޭ އެންމެހައި ފައިސާ ޤަވާޢިދުން ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ ފައިސާ ފޮނުވުމާއި، ކައުންސިލްގެ އެކައުންޓާބެހޭ ސްޓޭޓްމަންޓް ހޯދުމާއި، އެކައުންޓް ފޮތްތައް ގަވާއިދުން ފުރިހަމަކޮށް ނިންމައި ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކައުންސިލާއި، ލައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ އެސެޓް ލިޔެ ބެލެހެއްޓުމާއި، އެތަންތަނުގައި ބަހައްޓާފައިވާ މެޝިނަރީއާއި، އިކްއިޕްމެންޓްގެ ރަޖިސްޓްރީ ބެލެހެއްޓުން.

- ކައުންސިލްގެ އިދާރާއިން ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި، އެކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، އަނބުރާ ދައްކާގޮތަށް ހަވާލުކުރެވޭ ތަކެތި ހަވާލުކޮށް އެތަކެތި ބަލައިގަތުން.

- ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރުމާއި، ލިބޭ ފައިސާއާއި ނުލިބިވާ ފައިސާގެ ރެކޯޑު ބެލެހެއްޓުން.

- ގޯތިގޯއްޗާއި، މަގުމަގަށްއަރާ ރުއްގަހުގެ މައްސަލަތައް ބަލއި، އިދާރީގޮތުން އެ މައްސަލަތަށް ހަމަޖައްސާދިނުމާއި، ރުއްގަހުގެ ރަޖިސްޓަރީ ލިޔެބެލެހެއްޓުން.

- ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، މާލީ ހިސާބު ތައްޔާރުކުރުމާއި، ފައިސާއާބެހޭ މުހިއްމު ރިޕޯޓްތަކާއި އެހެނިހެން ލިޔެކިއުންތައް ފުރިހަމަކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، މުއައްޒަފުންނަށް މުސާރަ ދިނުމަށާއި އިދާރާއިން ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ ގެނައުމަށްޓަކައި ހަމަޖެހިފައިވާ އުސޫލުން ކުރަންޖެހޭ ދަތުރުތައްކޮށް ފައިސާ އިދާރާއާ  ހަވާލުކުރުން.

- އިދާރާ ހުޅުވައި ލެއްޕުމުގެ ޓޭބަލްގައިވާގޮތަށް އިދާރާ ހުޅުވައި ލެއްޕުމާއި، ހަވާލުކުރެވޭ މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.

- ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

- ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން.

- ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

- މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް: އިންޓަރވިއު / ޕްރެކްޓިކަލްސް ނުވަތަ ޕްރެޒެންޓޭޝަން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، 26 މާރިޗު 2015 ން 2 އެޕްރީލް 2015 އާ ދެމެދު، ބުރުނީ ކައުންސިލްގެ އިދާރާގައެވެ.  

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުން އެދެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ހަމަޖެހިފައިވާ އެހެނިހެން އެލަވަންސާއި، ބޭސްފަރުވާގެ ޚިދުމަތާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

އުޖޫރައާއި ޢިނާޔަތްތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝާން ފޯމު، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސަނަދުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އިންޓަވިއުއަށް ހާޒިރުވާއިރު، މި ލިއުންތަކުގެ އަސްލު ގެންނަންވާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

- ވަވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ސުކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6780038 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

20 ޖުމާދަލްއޫލާ 1436

11 މާރިޗު 2015