ބީލަން
ނަންބަރު: (IUL)230-AHI/230/2023/57
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 07 ޑިސެންބަރު 2023 11:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގައިހުރި ޕޯސްޓްއޮފީސް ހިންގާ ޢިމާރާތުގެ އެކަމަޑޭޝަން ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގައި މިހާރު ޕޯސްޓްއޮފީސް ހިންގަމުންދާ ޢިމާރާތުގެ އެކަމަޑޭޝަން ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ އާއްމު ކުރެވުނު، ނަންބަރު: (IUL)230-AHI/230/2023/52 (08 ނޮވެންބަރު 2023) އިޢްލާނާއި ގުޅިގެން ހުށަހެޅުނު ބީލަންތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ، އެ އިޢްލާން މިއަދު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލައިފީމެވެ.

                    ވީމާ، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގައިހުރި ޕޯސްޓްއޮފީސް ހިންގާ ޢިމާރާތުގެ އެކަމަޑޭޝަން ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން  [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  •  ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.  

2-      ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected]  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. އަދި އަމިއްލަ ފަރުދުން މިބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުނަމަ ފުރިހަމަ ނަމާއި، އައި.ޑީ. ކާޑު ނަންބަރު، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު މަތީގައި އެވާ އެޑްރެހަށް އީމެއިލް ކުރަންވާނެއެވެ.

3-      ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

4-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމ03 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

5-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                        މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                        12  ޖުމާދަލްއޫލާ  1445

26 ނޮވެންބަރު 2023