ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2023/166
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 04 ޑިސެންބަރު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 49.06 ގޯތި ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 49.06 ނަމްބަރުގޭ ރ. ކަނދޮޅުދޫ ހިރުނދުގަސްދޮށުގެ އަލްފާޟިލް އިބްރާހީމް ޝުޖާޢު އާއި ރ. ކަނދޮޅުދޫ ކަންމަތީގެ އަލްފާޟިލާ ޢާއިޝަތު ޤާސިމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2023 ޑިސެމްބަރ 4 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                        މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 49.06 ނަމްބަރުގޭ ރ. ކަނދޮޅުދޫ ހިރުނދުގަސްދޮށުގެ އަލްފާޟިލް އިބްރާހީމް ޝުޖާޢު އާއި ރ. ކަނދޮޅުދޫ ކަންމަތީގެ އަލްފާޟިލާ ޢާއިޝަތު ޤާސިމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                        12 ޖުމާދުލްއޫލާ 1445

                        26 ނޮވެމްބަރ 2023

26 ނޮވެންބަރު 2023