މަސައްކަތް
ނަންބަރު: (IUL)GS-82/2023/19
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 05 ޑިސެންބަރު 2023 13:30
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ 2024 ވަނައަހަރަށް ބަލަހައްޓާނެ ފަރާތެއް ހޯދުން

މިސްކޫލްގެ ސެކިއުރިޓީ 2024 ވަނަ އަހަރު ބަލަހައްޓައިދެނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުން  05 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހު 13:30ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:30އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅެއްވުން އެދެމެވެ.

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު  ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.

26 ނޮވެންބަރު 2023